
8 ޕެކެޓް ޑްރަގާ އެކު ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހުޅަގުމަތީގެ / ޅ. ހިންނަވަރު، އަޙްމަދު ޝިރުޙާނު މުޙައްމަދު (33އ) ކަމަށެވެ.
ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށްފައި ވަނީ މި ޖުލައި މަހުގެ 7ވަނަ ދުވަހު އެ ރަށު ބަނދަރު ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

