
މާލޭ މާފަންނުގައި ހުންނަ އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި ރޯވެފައި ވަނީ މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރީ ހުރި އިމާރާތެއްގައެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވީ ސަބަބެއް އަދި ސާފެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ބިދޭސީން އުޅޭ ތަނެއްގައެވެ.
މި ހާދިސާގެ އިތުރުން މިއަދު ގ. މިތުރުގޭގައި ގޮދަޑިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 8:45 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

