
ކުރިއަށް އޮތް ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުން އިންތިޚާބުކުރާ އެ ޕާޓީގެ ނައިބު ރައީސުންގެ މަޤާމަށް ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސައުދާ ވިދާޅުވީ، މާތްﷲގެ ވާގިފުޅާ އެކު އެ މަޤާމަށް ކުރިމަތިލުމަށް ގަސްތުކުރައްވާ ކަމަށެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި ލޮބުވެތި މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާކަން ވެސް އެކަމަނާ ވަނީ އިއުލާނުކުރައްވާފައެވެ.
﷽
މާތްاللهގެ ވާގިފުޅާއެކު ކުރިއަށްއޮތް ކޮންގްރެސް ޕާޓީގެ މަތީމަޖިލީހުން އިންތިޚާބު ކުރާ ޕާޓީގެ ނައިބުރައީސުންގެ މަޤާމަށް އަޅުގަނޑު ކުރިމަތި ލުމަށް ޤަސްތުކޮށް،ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި ލޮބުވެތި މެމްބަރުންގެ ތާޢީދަށް އެދެމުން އެކަން ޢިއުލާން ކުރަމެވެ.﷽ pic.twitter.com/dRyiwxiJXQ
— fathimathsaudha (@fathimathsaudha) August 1, 2026
ޕީއެންސީގެ ނައިބު ރައީސްގެ މާގާމަށް ރާފިއުގެ އިތުރުން ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ވެސް ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވެސް ވަނީ އެ މާގަމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.

