
ނިމިދިޔަ ހަފުތާ މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)މެދުވެރިކޮށް ޑޮލަރުން ބަލައިގަތް އާމްދަނީއަށް ބޮޑު އިތުރުވުމެއް ލިބިއްޖެއެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ 19އިން 25އަށް ލިބިފައިވަބީ 20.1މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. ނަމަވެސް، އޭގެ ފަހުން އައި ހަފުތާ ކަމަށްވާ ޖުލައި 26އިން އޮގަސްޓު 1ގެ ނިޔަލަށް ޑޮލަރުގެ އާމްދަނީ ވަނީ 50.8މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 30.7މިލިއަން ޑޮލަރުގެ ނުވަތަ 152.9%ގެ ބޮޑު ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތައް.
މި މުއްދަތުގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ކޯޕަރޭޓް އިންކަމް ޓެކްސް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ)އިންނެވެ. އަދި ކޯޕަރޭޓް އިންކަމް ޓެކްސް ފުރަތަމަ ހަފުތާގައި ލިބުނު 2.47މިލިއަން ޑޮލަރުގެ ބަދަލުގައި ދެވަނަ ހަފުތާގައި 20.85މިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ އިތުރުން ޓީޖީއެސްޓީއަށް ފުރަތަމަ ހަފުތާގައި ލިބުނު 9.67މިލިއަން ޑޮލަރުގެ ބަދަލުގައި ދެވަނަ ހަފުތާގައި 20.25މިލިއަން ޑޮލަރު ލިބިފައިވެއެވެ.
އެހެނިހެން ޓެކްސްތައް – މީގެ އިތުރުން ގްރީން ޓެކްސް (3.0މިލިއަނުން 4.2މިލިއަން ޑޮލަރަށް)އަދި ޑިޕާޗަ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (މިއިން ކޮންމެ ޓެކްހަކުން ގާތްގަނޑަކަށް 1މިލިއަނުން 2.5މިލިއަން ޑޮލަރަށް)ވަނީ އިތުރުވެފައެވެ.

