
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯސްއިން އިއްޔެ ކުރިއަށްގެންދިޔަ ޚާއްޞަ ރެއިޑް އޮޕަރޭޝަނެއްގައި 11 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އެކި ބާވަތުގެ ވިޔަފާރިތައް ހިންގާ ތަންތަނަށެވެ. އޭގެ ތެރޭގައި ސެލޫންތަކާއި، ގަރާޖުތަކާއި، މުދާ ރައްކާކުރާ ގުދަންތަކުގެ އިތުރުން ފައިސާ މާރުކުރާ ތަންތަނާއި ކުދި އެހެނިހެން ވިޔަފާރިތައް ހިންގާ ތަންތަން ހިމެނެއެވެ.
The Task Force conducted a raid yesterday targeting various businesses, including salons, garages, godowns, money exchange outlets, and other small establishments.
A total of 42 expatriates were inspected across 11 locations, and 5 expatriates found in violation of immigration… pic.twitter.com/0yuplDW4Lp
— Maldives Immigration (@ImmigrationMV) September 10, 2026
މާލޭގެ އެކި ސަރަޙައްދުތަކުގައި ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 42 ބިދޭސީއެއްގެ މަޢުލޫމާތު ވަނީ ސާފުކޮށްފައެވެ. އަދި އޭގެ ތެރެއިން އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާކަމަށް ފާހަގަކުރެވުނު 5 ބިދޭސީއަކު، އިތުރަށް ބަލަންޖެހޭ ކަންކަން (ސެކަންޑަރީ ވެރިފިކޭޝަން) ފުރިހަމަކުރުމަށް ފަހު ވަނީ އެއިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

