
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން އެތެރެކޮށް ވިއްކަމުންދާ ޗޮއިސް ބެރޭންޑުގެ މޫ ފުލް ކްރީމް މިލްކް ޕައުޑަރ އަކީ ނިއުޒީލޭންޑުގެ މަޝްހޫރޫ އިތުބާޜު ހިފޭ އުފެއްދުމެކެވެ. ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ، ޑެއިރީ ޕްރޮޑަކްޓްތައް އުފެއްދުމުގައި ނަމޫނާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި މަޝްހޫރޫ ނިއުޒީލޭންޑުގެ މި އުފެއްދުމަކީވެސް ސިއްހަތަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވޭ އުފެއްދުމެކެވެ.
އެގޮތުން، މި ކިރު ތައްޔާރު ކުރެވިފައި ވަނީ ރައްކާތެރި މާހައުލެއްގައި، ތާޒާ ކަމާއި އެކު، އިތުރު މާއްދާތަށް ނުހިމެނޭ ފަދަ ގޮތަކަށެވެ. ހަމަ އެއާއި އެކު، މި ރަހަ މީރު ކިރަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ގިނަ މާއްދާތަކެއް ކަމުގައިވާ ވިޓަމިން އޭ، ވިޓަމިން ޑީ3އަދި ކެލްސިއަމް ފަދަ މާއްދާތަކަކުން މުއްސަނދިވެފައިވާ ކިރެއް ކަމުން، އެކި އުމުރު ފުރާގެ މީހުންނަށް ވެސް ބޭނުން ކުރުމަށް ވަރަށް އެކަށޭނަ އުފެއްދުމަކަށް ވެގެންދެއެވެ.
މީގެ އިތުރުން، މި ކިރަކީ ތަފާތު ކާބޯތަކެތި ތައްޔާރުކުރަށްޓަކައި ވެސް ބޭނުން ކޮށްލެވޭނެ އުފެއްދުމެކެވެ. އެގޮތުން، ސައި ނުވަތަ ކޮފީއަށް އެއްކޮށްލައިގެން، ނުވަތަ ތަފާތު ފޮނިކާއެއްޗެހި ތައްޔާރު ކުރުމަށް ވެސް މިއީ ވަރަށް އެކަށޭނަ އުފެއްދުމެކެވެ.
ޗޮއިސް ބްރޭންޑުގެ އެހެން އުފެއްދުންތަކާއި އެއްގޮތަށް މި އުފެއްދުމަކީ ވެސް އިތުބާރު ހިފޭ ކޮލިޓީ މޮޅު އުފެއްދުމެކެވެ. ކޮންމެ ޕެކެޓަކީ، ހިފެހެއްޓިފައިވާ މިންގަނޑުތަކެއް ހިފަހައްޓައިގެން އުފައްދާ، ބަންދުކޮށްފައިވާ ޕެކެޓެއްކަމުން، އެއްހަމައެއްގައި ރަހައާއި ކޮލިޓީ ހިފެހެއްޓިފައިވާކަން ކަށަވަރު ވެގެންދެއެވެ.
ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑަރ ހޯލްސޭލްކޮށް އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުން އަދި ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓްތަކުން ލިބެންހުންނާނެއެވެ.

