
މި އަހަރުގެ މިހާތަނަށް ޗައިނާ އާއި ރަޝިއާއިން އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކައަށްވުރެ އިތުރު ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެގެ ނިޔަލަށް އާންމުކޮށްފައިވާ “ޑެއިލީ އަޕްޑޭޓްސް”އަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން ޖުމްލަ 287,075ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 18.8އިންސައްތައެވެ.
މި ލިސްޓުގެ ދެވަނައިގައި އުޅެނީ ރަޝިއާ އެވެ. ރަޝިއާ އިން މިހާތަނަށް 224,031ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެ އަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.7އިންސައްތައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,52މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޗައިނާ އާއި ރަޝިއާގެ ފަތުރުވެރިންގެ އަދަދު މަތީގައި ހިފެހެއްޓިފައިވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

