
ޕޮލިސް ކާރެއް ހޮޅިދަނޑިއަކަށް އަރައި އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ނ. ކެނދިކުޅުދޫގައި ފުލުހުންގެ ވެހިކަލެއް އެކްސިޑެންޓްވެފައިވާ ކަމަށް މިރޭ 11:15ކަންހައިއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހްގީގުކުރަމުންނެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

