
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަޤާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކުރައްވައިފިއެވެ.
ޕެންޝަން އޮފީހުން މައުލޫމާތު ދިންގޮތުގައި އެ މަގާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
We are pleased to welcome Mr. Yazmeed Mohamed as our new Chief Executive Officer.
Congratulations on your appointment. We look forward to working together under your leadership and are confident that your experience, expertise, and guidance will take the Pension Office to new… pic.twitter.com/q6T3zxzb8c
— Pension Office (@PensionOffice) August 20, 2026
ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަރޓިފައިޑް ޗާޓަރޑް އެކައުންޓެންޓެކެވެ. އަދި އޭނާ ވަނީ އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯރޑް ބްރޫކްސް ޔުނިވަރސިޓީއިން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.
މީގެ އިތުރުން އޭނާ އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓަރގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ޔަޒްމީދު ކުރައްވާފައިވެއެވެ.

