
މާލެ ސަރަހައްދުގައި ޓޯ ކެޕޭސިޓީ އިތުރުކުރާނެ ވެހިކަލް ހޯދަން އިއުލާންކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ކުރި އިއުލާނެއްގައި ބުނީ މާލެއާއި ހުޅުމާލެ ސަރަހައްދުގައި ޓޯ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ވެހިކަލްތައް ބޭނުންވާ ކަމަށާއި އެ ވެހިކަލްތައް ސަޕްލައިކޮށްދިނުމަށް މިހާރު ބީލަމަށް ހުޅުވާލައިފައިވާ ކަމަށެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މި މަހުގެ 27އާ ހަމައަށް ހުޅުވާލައިފައިވާ އިރު އެ ބީލަށް ހުޅުވުން އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.
ޓޯކުރުމުގެ ކެޕޭސިޓީ އިތުރުކުރަން ނިންމި އިރު މާލޭގައި ވެހިކަލްތައް އިންތިހާއަށް އިތުރުވުމުގެ ސަބަބުން ޕާކުކޮށްލާނެ ތަނެއް ނުލިބި އެކި ތަންތަނުގައި ޕާކު ކުުރުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ އެފަދަ ވެހިކަލްތައް ދޭތެރެ ދޭތެރެއިން ޓޯ ކުރެއެވެ.

