
ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ބޭރު ފައިސާ ވިއްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ދެ މީހަކާއި ބަނގުލަދޭޝް ހަތަރު މީހަކު ކަމަށެވެ.
އޭގެ ތެރޭގައި ސާފުކުރަން އުޅޭ ބިދޭސީއަކާއި އެކައުންޓެންޓަކާއި އިންޖިނިއަރަކާއި ވެއިޓަރުގެ ވަޒީފާ އަދާކުރަމުންދާ ބިދޭސީން ހިމެނޭ އިރު ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- އެމްޑީ ފަރީދުއްދީން، ބަންގްލަދޭޝް
- މަސްއޫދު މިއާ، ބަނގުލަދޭޝް
- މުހައްމަދު ރާހުލް އަމީން، ބަންގްލަދޭޝް
- މުހައްމަދު މަހަމޫދަރު ހަސަން، ބަނގުލަދޭޝް
- މުހައްމަދު އަސަތު ކަލަންދަރު ހުސެއިން، އިންޑިއާ
- މުހައްމަދު އަސަތު ކަލަންދަރު ހުސެއިން، އިންޑިއާ
- ދުލްކަރްނައި އިމްރާން ހާން، އިންޑިއާ
ފުލުހުން ބުނީ މިހާތަނަށް ކުރި ތަހުގީގުތަކުން އެ މީހުންގެ އެކައުންޓުތަކުގައި 54.4 މިލިއަން ރުފިޔާއާއި 1.6، މިލިއަން އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި ޖުމްލަ 54،429،550.00 ދިވެހި ރުފިޔާއާއި 1,627,810 އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

