
ސަރުކާރުގެ ދެ ކުންފުންޏަކުން ވައްކަންކޮށްގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ވައްކަންކޮށްފައިވަނީ އެމްޑަބްލިއުއެސްސީ، ސްޓެލްކޯގެ އިމާރާތަކުން ނެވެ.
އެގޮތުން ސްޓެލްކޯ ސަބްސްޓޭޝަން އަކަށް ވަދެ ވައްކަންކުރިކަމުހެ ތުހުމަތުގައި ހައްޔަރުކުރީ އަޝްރަފްމަންޒިލް/ ސ.ހިތަދޫ އަހުމަދު ނިޒާރު (37އ.) އާއި. ކޮތަރިވިލ،ާ ހއ. ތަކަންދޫ، އަހުމަދު ރަޝީދު(37އ.) އެވެ.
އެ ދެ މީހުންގެ މައްޗަށްކުރަނީ ހުއްދަނޫންތަނަކަށް ވަދެ މުދަލަށް ގެއްލުންދީ ވައްކަންކުރުމުގެ ތުހުމަތެވެ.
އެ ސަބްސްޓޭޝަންއަށް ވަންކަމަށް ދެ މީހުންވެސް އެއްބަސްވެފައިވާ އިރު ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެމްޑަބްލިއުއެސްސީގެ ގަރާޖަކަށް ވަދެ ވައްކަން ކުރި މައްސަލައިގައި ހައްޔަރުކުރީ ގ. ޕާކަރުހައުސް / ކ.މާލެ، އަބްދުالله ޖިނާހު(29އ.) އެވެ. އެ މައްސަލައިގައި އޭނާވެސް 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.

