
ސީލައިން 3 ދޯނީގައި ދަތުރުކުރި މީހުންގެ ޙާލު ރަނގަޅު ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ބ. އަތޮޅު ފުލުހުންގެ އެހީތެރިކަމާ އެކު އެ ދޯންޏާއި ދޯނީގައި ތިބި މީހުން ރައްކާތެރިކަމާ އެކު ބ. އޭދަފުއްޓަށް މިހާރު ވަނީ ގެންދެވިފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި 4 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އަޕްޑޭޓް: ބ. އަތޮޅު ފުލުހުންގެ އެހީތެރިކަމާއެކު އެ ދޯންޏާއި ދޯނީގައި ތިބި މީހުން ރައްކާތެރިކަމާއެކު ބ. އޭދަފުއްޓަށް މިހާރު ވަނީ ގެންދެވިފައެވެ. ދޯނީގައި ތިބި 4 މީހުންގެ ހާލުވެސް ރަނގަޅެވެ. https://t.co/LlYydFBiCT
— Maldives Police (@PoliceMv) September 16, 2026
މި ހާދިސާ ހިނގީ މާލެއިން ފުރައިގެން ރ. އަތޮޅުގެ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރަމުންދިޔަ “ސީލައިން 3” ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ލަކުޑިތަކެއް އައްސާފައިވާ ބެލްޓު ކަނޑައިގެން ގޮސް، ކާށިދޫ ކަނޑުގެ ސަރަހައްދަށް ބޯޓު އަރިއަޅާލައިގެންނެވެ. ބޯޓުގައި ބަރުކޮށްފައިހުރި ބައެއް މުދާތައް މިހާރު ވަނީ ކަނޑަށް އުކާލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހަތަރު މީހުންނާ އެކު ދަތުރުކުރި މި ސަޕްލައި ދޯނީގައި ތިބީ ތިން ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.
މުދާ އުފުލާ ދޯންޏެއް ކާށިދޫ ކަނޑުން ދިޔަވާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި

