
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑްކޮށްފިއެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނީ އިހުސާން ސަސްޕެންޑްކުރީ އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އަދި އެ ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، މިއަދުން ފެށިގެން 60ދުވަހަށް މަގާމުން މަސްއޫލިއްޔަތުތަކުން ދުރުކުރަން މިއަދު އެ ޖޭއެސްސީން ބޭއްވި ޖަލްސާގައި ނިންމިކަމަށް ވެސް ބުންޏެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ޖޭއެސްސީން ނުދެއެވެެ. އަދި ސަސްޕެންޑްކުރީ ކިހާ ދުވަހަކަށް ކަމެއް ވެސް ނުބުނެއެވެ.
ގާޒީ އަބްދުﷲ އިހުސާންގެ ފަރާތުން ފުރައްސާރަ އާއި ކުރިމަތިލާން ޖެހޭ ކަމަށް ބުނެ ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް އޭނާގެ މައްސަލަ މިދިޔަ އަހަރު ޖޭއެސްސީއަށް ހުށަހަޅާފައިވެއެވެ.

