
ސިވިލް ކޯޓަށް މީހަކު ހާޒިރުނުކުރެވިގެން ފުލުހުން އެ މީހާ ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާންކުރީ ގ. ޓިބެޓް / މާލެ، މުހައްމަދު ޝާނީޒް (48އ)އެވެ.
ފުލުހުން ބުނީ ޝާނީޒް ހޯދަން އިއުލާންކުރީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިގެން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
އެގޮތުން އެ އަމުރުގައި، ޝާނީޒް މާދަމާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ބުންޏެވެ.
އެެހެންވެ ޝާނީޒްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޝާނީޒްއަކީ މީގެ ކުރިން ވެސް ފައިސާގެ އެކި މައްސަލަތަކުގައި ސިވިލް ކޯޓަށް ހާޒިރުކޮށްފައިވާ މީހެކެވެ.

