
ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ފޭބި 5 މީހަކު މަރުވެފައި ތިއްބާ ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 2026 މެއި 14ވަނަ ދުވަހުގެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުން ވެސް މިހާރު ފެނިފައިވާ ކަމަށާއި ފެނުނުއިރު، އެ އެންމެން ވެސް ތިބީ ނިޔާވެފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އިޓަލީ އަށް ނިސްބަތްވާ ފަސް ފަތުރުވެރިން ކަމަށް ފުލުހުން ބުނެއެވެ.
އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.

