
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމުގެ އެންމެ އިސް ޒިންމާ އަދާކުރައްވާނެ ތަރުޖަމާނެއްގެ ގޮތުގައި އުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ރޭ އައްޔަނުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވާކަން އެ ޕާޓީން ރަސްމީކޮށް ހާމަކޮށްފައިވާއިރު، ޕާޓީގެ އާންމު މެންބަރުންނާއި އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން އަންނަނީ އޭނާއަށް މަރުޙަބާގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.
މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ ފިރުޒުލްއަކީ މީގެ ކުރިން ވެސް މުހިންމު ދަނޑިވަޅުތަކެއްގައި ތަރުޖަމާނުގެ ދައުރު އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު، އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި މަރުހަލާގައި އެމަނިކުފާނުގެ ރަސްމީ ބަސްވިދާޅުވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ވެސް ފިރުޒުލްއެވެ.
މީގެ އިތުރުން، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ކޮންގްރެސް ޕާޓީގެ އަޑު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ އޭނާއެވެ.

