
ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ސިއްހީ ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދެއްކި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު މާބަނޑުވެފައިވާކަން އެނގުމާ ގުޅިގެން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެ މައްސަލައިގެ ތަހުގީގު ފަށައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުޑަކުއްޖަކު ބަލިވެއިން ކަމުގެ މައްސަލަ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އޭޕްރީލް މަހުގެ 13ވަނަ ދުވަހުއެވެ. އަދި މިހާރު ފުލުހުންނާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން މި މައްސަލަ ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މާބަނޑުވެފައި ވަނީ ސުކޫލެއްގެ ގްރޭޑް 11 ގައި މަތީ ސާނަވީއަށް ކިޔަވަމުންދާ ދަރިވަރެކެވެ. މިއީ ގާނޫނީ ގޮތުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ ނާޒުކު މައްސަލައަކަށް ވުމާ އެކު، ކުއްޖާގެ ކަރާމާތާއި އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

