
ގެއްލުނު މީހާ އަމިއްލަ އަށް ފުލުހަށް ހާޒިރު ވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުން ބުނީ، ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓް ކުރުމާއި ގުޅިގެން ހޯދަމުންދިޔަ މަރްޔަމް މާއީ ޖަމީލް (25އ)، މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، ވަނީ ހާޒިރުވެފައެވެ.
އޭނާގެ ހާލު ރަނގަޅެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

