
ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަންއެއް ގާއިމުކުރަން އާރުޑީސީއާ ހަވާލުކޮށްފި އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.
މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފައެވެ.
އެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމްއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ހަސަން ރިފާއީ ބުޝްރީއެވެ.
މިއީ މި ދައުރުގެ ތެރޭގައި އަލިފާން ނިއްވުމުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ހިދުމަތް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަންއެކެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން 550ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ނިންމާގޮތަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރި މި ފަޔާ ސްޓޭޝަން ގާއިމުކުރެވުމާ އެކު އެ ސަރަހައްދުގައި ދިމާވާ އެކިއެކި އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

