
ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބައްޕައަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ރަށެއްގައި ކަމަށެވެ. އަދި ޖިންސީ ގޯނާ ކުރުމަށް ފަހު ވީޑިއޯ ވެސް ކޮށްފައި އޮތް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާ 30 ދުވަހަށް މިހާރު ވަނީ ބަންދު ވެސް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.

