
ކަސްރަތަށް ބްރިޖަށް ގޮސް އުޅޭ އަންހެނަކަށް ތަކުރާރުކޮށް ފުރައްސާރަކުރާ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފަތިހު ކަސްރަތަށް ގޮސް އުޅޭ އެ އަންހެން މީހާއަށް ފިރިހެނަކު ފުރައްސާކުރަމުންދާތާ ތިން މަހެއްހާ ދުވަސް ވެދާނެކަަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ސޯޝަލް މީޑިއާގައި އަންހެން މީހާ ވަނީ ފުރައްސާރަކުރާ މީހާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.
ފުލުހުން ބުނީ އެ އަންހެން މީހާ މިއަދު ހެނދުނު ހައެއް ޖެހިއިރު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
އިތުރު ތަފްސީލެއް ނުދެއެވެ.

