
ދިވެހި ލިޔުންތެރިން ގައުމަށް ފައިދާ ވާނެ ފިކުރުތައް ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 34ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށާއި ވުމާއެކު ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކު ވެސް ހައްގުބަސް ފެތުރުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވިއެވެ.
“މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް. އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކު ވެސް، ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށާއި، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާ ވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ލިޔުންތެރިން ވާންޖެހޭނީ މި ގައުމު އަބަދުމެ ފަހުރުވެރިވާނެ ގައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެރި ގައުމުދެކެ ލޯބިވާ ބަޔަކަށް ކަމަށެވެ. ރައީސް ވަނީ ދިވެހި ގައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިންގެ ތެދުވެރި ތެދުވެރި މަސައްކަތުގައި ބަރަކާތްލެއްވުން އެދި ދުއާ ކުރައްވައިފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައިމަހުގެ 08ވަނަ ދުވަސް ފާހަގަކުރަނީ ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ.

