
ފްލައިޓެއްގެ ތެރޭގައި ގައިގައި އަތްލިކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ މީޑިއާ ތަކާ ހިއްސާކުރި މެސެޖުގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓެއްގައި އިން މީހަކު އެހެން މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެހެންވެ އެއީ ކޮން ފްލައިޓެއްގައި ހިނގި ކަމެއް ކަމައީ އެކަން ހިނގައިދިޔައީ ކޮން ޖިންސެއްގެ ދެމެދުގައި ކަމެއްވެސް ސާފެއް ނުވެއެވެ.

