
ރާއްޖޭގެ މަޝްހޫރު އެއް ރިސޯޓް ކަމަށްވާ ފޯސީޒަން ކުޑަ ހުރާއިން އޫރްޖާ ނެޗުރޯޕެތީ އައިލެންޑުގެ ނަމުގައި ކުޑަ ރަށެއް ހުޅުވައިފިއެވެ.
ކުޑަހުރާ ފަޅުތެރޭގައި ހުޅުވި ނެޗުރޯޕެތީ އައިލެންޑަކީ ސާންސްކްރިތް ބަހުން “ހަކަތަ” ނުވަތަ ވައިޓެލިޓީއަށް ކިޔާ ނަމުން ނަންދެވިފައިވާ މި ވެލްނެސް މަންޒިލަކީ ސައިންޓިފިކް ތަޖުރިބާއާއި ގުދުރަތީ ފަރުވާގެ އުސޫލުތައް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ތަފާތު ތަނެކެވެ. “އޫރްޖާ” އަކީ ހަމައެކަނި ވަގުތީ އަރާމަކަށްވުރެ ބޮޑަށް، ދާއިމީ ސިއްހަތާއި ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ތަނެކެވެ. މިތަނުގެ ގިނަ ފަރުވާތަކުގައި ބޭނުންކުރަނީ ސްވިޒަލޭންޑްގެ ޤަދީމީ ރޯމަން ކުއަރީއަކުން ހޯދާފައިވާ ޚާއްޞަ މިނަރަލެއް ކަމަށްވެއެވެ. މިއީ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށް، ދުޅަތައް ތިރިކޮށްދީ، ހަށިގަނޑު އަމިއްލައަށް ރަނގަޅުވުމަށް މަގުފަހިކޮށްދޭ މާއްދާއެކެވެ.
ގުދުރަތީ ފަރުވާއާއި ދުޅަހެޔޮކަން
މި ވެލްނެސް އައިލެންޑްގެ ފަލްސަފާ ބިނާވެފައިވަނީ ގުދުރަތީ ގޮތުން ހަށިގަނޑު އަމިއްލައަށް ފަރުވާ ހޯދުމުގެ ނިޒާމުގެ މައްޗަށެވެ. ޒަމާނީ “ބަޔޯހެކިން”ގެ ގޮތުގައި މިހާރު މަޝްހޫރުވެފައިވާ ކަންކަން، ނެޗުރޯޕެތީގެ ތެރެއިން މިތަނުގައި ތަޖުރިބާކުރެވޭނެއެވެ. މީގެ ތެރޭގައި ކެއިންބުއިމާއި ކަސްރަތާއި ވިހަ މާއްދާތައް ބޭރުކުރުމުގެ އިތުރުން ހަށިގަނޑުގެ ހަކަތަ ރެގިއުލޭޓްކުރުން ހިމެނެއެވެ.
ކުޑަހުރާގެ މެއިން ޖެޓީން ދޯންޏެއްގައި ދެވޭގޮތަށް ވަކިން އޮންނަ މި އައިލެންޑްގައި މައިގަނޑު ހަތަރު ފަރުވާއެއް ފޯރުކޮށްދެއެވެ.
ހުންނާނެ ވަސީލަތްތައް
ރެސްޓް އެންޑް ރީބެލެންސް (އަރާމުކުރުމާއި ހަމައަކަށް އެޅުވުން)
ކްލީންސް (ސާފުކުރުން / ވިހަފިލުވުން)
ނަރިޝް (ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދިނުން)
ރީކަނެކްޓް (ގުޅުން ބަދަހިކުރުން)
ކޮންމެ ފަރުވާއެއް ފެށުމުގެ ކުރިން ވެސް ނެޗުރޯޕެތިކް ކޮންސަލްޓޭޝަނެއް ހަދައި، އެމީހަކަށް އެންމެ އެކަށީގެންވާ ޕްރޮގްރާމެއް ތައްޔާރުކުރެވެއެވެ. އަދި ބޭނުންވާ ފަރާތްތަކަށް މައިކްރޯނިއުޓްރިއެންޓް ސްކޭނާއި، ލޮލުގެ ކަޅީގެ ޒަރިއްޔާއިން ބަލި ދެނެގަތުން (އައިރިސް ޑައިގްނޯސިސް) ފަދަ ޚިދުމަތްތައް ލިބެން ހުރެއެވެ.
ހާއްސަ ފަރުވާތައް
“އޫރްޖާ”ގެ ހާއްސަ ފަރުވާތަކުގެ ތެރޭގައި މަޑް ތެރަޕީ، ހީލިއޯތެރަޕީ، ލައިފް-ފޯސް ހީލިންގް، މެގްނެޓޯ ތެރަޕީ އަދި ސައުންޑް ހީލިންގ ހިމެނެއެވެ. މީގެ އިތުރުން ‘ވޭގަސް ރީސެޓް’އާއި އުޑުމަތި ފެންނަގޮތަށް ހާމައަށް އޮންނަ ‘ނައިޓް ސްޕާ ރިޗުއަލް’ އަކީ ފާހަގަކޮށްލެވޭ ތަފާތު ތަޖުރިބާތަކެކެވެ. ނިދި ރަނގަޅުކުރުމަށާއި ފުރަމޭގެ ވިހަފިލުވުމަށާއި ހުޅުތަކުގެ މައްސަލަތަކަށް ހާއްސަ ޕްރޮގްރާމްތައް ވެސް މިތަނުގައި ތިބޭ ނެޗުރޯޕެތިކް ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެއެވެ. “އޫރްޖާ”އަކީ ހަށިގަނޑުގެ އަމިއްލަ ފަރުވާގެ ބާރުވެރިކަން އަލުން ހޯދައިދިނުމަށް ތައްޔާރުކޮށްފައިވާ ފުރިހަމަ މަންޒިލެކެވެ.

