
ކ. މާފުށީގައި ފުލުހަކާ މާރާމާރީ ހިންގި މީހާއަށް އަނިޔާލިބުނުކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) އަދި ފުލުހުންގެ ބޯޑަށް މައްސަލަ ހުށަހަޅައިފިއެވެ.
މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، މިދިޔަ މަހުގެ 11ވަނަ ދުވަހުގެ މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކ. މާފުށި/ސްޓާލައިން، އިބްރާހިމް ސުނީޒް(41އ)އާ އެކު ހަ މީހަކު ހައްޔަރުކުރިއެވެ.
އެ މައްސަލައިގައި ސުނީޒްގެ ބަންދުކުރި އިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފައެވެ.
ބަންދުގެ މަޖިލީހުގައި ސުނީޒް ވަނީ އޭނާ ކުރިމަތިލި ފުލުސް މީހާއަކީ އޭނާއ ޒާތީގޮތުން ޖައްސާލައިފައި ހުރި މީހެއް ކަމަށް ބުނެފައެވެ. އަދި ފުލުސް މީހާ އޭނާއަށް ވެސް އެކި ވަރުގެ އަނިޔާކޮށްފައިވާތީ އެ މައްސަލަ އެޗްއާރުސީއެމްއަށާއި އަދި ފުލުހުންގެ ބޯޑަށް ވެސް ހުށަހަޅާފައިވާ ކަމަށް ސުނީޒް ބުންޏެވެ.
އެ މައްސަލައިގައި ފުލުހުންނާ ކުރިމަތިލި ހަ މީހުންގެ މައްޗަށް ދައުވާކުރަން ވެސް މިހާރު އޮތީ ފޮނުވައިފައެވެ.

