
ފ. ފީއަލީގައި ފުރާޅަކުން ފައިބަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުނު އެ ރަށު ދެބެން، އިތުރު ފަރުވާއަށް އެ އަތޮޅު ނިލަންދޫއަށް މިއަދު ބަދަލުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ ފީއަލީ “ވެލްކަމްގޭ” ދެބެއިންނަށެވެ. އެ މީހުންގެ ގަޔަށް ކަރަންޓު އައިސްފައި ވަނީ، ފުރާޅުމަތިން ތިރިއަށް ފޭބުމަށް މަސައްކަތްކުރުމުގެ ތެރޭގައި މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހުމުގެ ސަބަބުންނެވެ.
ކަރަންޓުގައި ޖެހުމާ އެކު ދެމީހުން ބިންމައްޗަށް ވެއްޓިފައިވާއިރު، މީގެ ތެރެއިން އެކެއްގެ ކަނދުރާއަށް ބޮޑެތި ގެއްލުންތަކެއް ލިބި ބިނދިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ބިންމައްޗަށް ވެއްޓުނު ގޮތުން އަނެއް މީހާގެ ބޯ ފަޅައިގެންގޮސްފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ދެ މީހުންނަށް ލިބިފައިވާ އަނިޔާތައް ސީރިއަސްކަމުން، އިތުރު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެ މީހުން މިހާރު ވަނީ ފ. ނިލަންދޫއަށް ގެންގޮސްފައެވެ.

