
އިތުވި ހަފްތާ އަވަސް ފަރުވާގެ 43ދަތުރު ދިފާއީ ބާރުން ކޮށްފިއެވެ.
ދިފާއީ ބާރުގެ ކޯސްޓްގާޑު ޔުނިޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހުގެ 16ވަނަ ދުވަހުން ފެށިގެން 23ވަނަ ދުވަހުގެ ނިޔަލަށް ބަލިމީހުން އުފުލުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެ ދީފައިވެއެވެ. އޭގެތެރޭގައި:
- ސީޖީ ފަސްޓް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައިވަނީ 17ފަހަރު
- ސީޖީ ސެކަންޑް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައި ވަނީ 04ފަހަރު
- ސީޖީ ތާޑް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައި ވަނީ 12ފަހަރު
- ސީޖީ ފޯތް ސްކޮއަޑްރޮން އިން ބަލި މީހުން އުފުލާފައި ވަނީ 10ފަހަރު
ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 43 މެޑިކަލް އިވެކުއޭޝަން ވަނީ ހަދައިފަ. pic.twitter.com/Akj89J8A9j
— Maldives National Defence Force (@MNDF_Official) August 2, 2026
މި މުއްދަތުގައި ސީ އެމްބިއުލެންސް އިން ބަލި މީހަކު އުފުލާފައި ނުވާ ކަމަށް ވެސް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ބަލި މީހުން އުފުލުމަށް ޓަކައި އެމްއެންޑީއެފުން ބޭނުންކުރާ އުޅަނދުތަކުގެ ތެރޭގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް ބޭނުންކުރެއެވެ. މީހުން ގެއްލުމުން ސާޗު އޮޕަރޭޝަންތައް ހިންގުމަށް ވެސް އެ އުޅަނދުތައް ބޭނުންކުރެއެވެ.

