
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުތައް ބާއްވަން ފައިސާ ލިބޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕަރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިދަފައިން ވިދާޅުވީ އެމްޑީޕީގެ މިހާރު ގެ ވަގުތީ ޗެއަރ ޕަރސަން ޣަފޫރު(ގަޕޯ) ފައިސާ ނެތް ކަމަށްބުނެ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެޖަކާ ގުޅިގެންނެވެ.
އެ މެސެޖުގައި ގަޕޯ ވިދާޅުވީ ދެ އިންތިޚާބާއި ބެހޭ ގޮތުން އޭނާއަށް ފެންނަ ގޮތަކީ ރިޔާސީ ޕްރައިމަރީ އަށްފަހު ބޭއްވުން ކަމަށެވެ. އަދި މި ދެ އިންތިޚާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި އޭގެ ސަބަބުން ސަރުކާރު ޖަވާބު ދާރީކުރުގެ މަސައްކަތައް ހުރަސް ތަކެއް ކުރިމަތި ވާނެ ކަމަށާއި ޕާޓީގައި އެކަމަށް ޚަރަދު ކުރާނެ ފައިސާ ވެސް ނެތް ކަމަށެވެ.
މި ކަމަށް ރައްދު ދެއްވައި މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، އިންތިޚާބު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ފައިސާ ވެސް ހޯދޭނެ ކަމަށެވެ. އަދި އިންތިހާބު އަވަސްކުރަންވީ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
އިންތހާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިހާބު އަވަސްކުރަންވީ https://t.co/KjtAjXSkZ1
— Fayyaz Ismail (@faya_i) May 1, 2026
މި މައްސަލައާ ގުޅިގެން އަނެއްކާ ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އަދި މީސްމީޑިއާގައި ދަނީ މި ކަމަށް ފާޑު ކިޔަމުންނެވެ.

