
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން އެއްވެސް ހަރަކާތެއް ރާވައި ހިންގާފައި ނުވާތީ، އެކަމާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަބަދުވެސް އާންމު ރައްޔިތުންނާއި މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދީ ހިމާޔަތްކުރުމުގައި އެންމެ އިސްސަފުގައި ވަކާލާތުކުރަމުން އައި އެމްޑީޕީން މިއަހަރުގެ މޭޑޭއަށް ޚާއްސަކޮށްގެން އެއްވެސް އެއްވުމެއް ނުވަތަ ހިނގާލުމެއް ވެސް ބާއްވާފައި ނުވާކަން އެމަނިކުފާނު އެކަމާ ހިތާމަ ކުރައްވާކަމަށެވެ. މަސައްކަތްތެރިންގެ އަޑު އުފުލައި، އެމީހުންގެ ހައްގުތަކަށް ވަކާލާތުކުރުމަކީ އެ ޕާޓީގެ އެންމެ އަސާސީ އެއް އުސޫލުކަމަށް ވީހިނދު، މިފަދަ މުހިންމު ދުވަހެއް އެއްވެސް ހަރަކާތަކާ ނުލައި ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުން ދޭހަވެއެވެ.
May Day ge thahuniya enmehai masahkaiytherinnah dhannavan!
May Day akee 2006 in feshigen @MDPSecretariat isnagaigen faahaga kuramun anna, haqquthakaa gulhey thaareekhee harakaaiythakeh hingaafaivaa, nuhanu muhinmu munsabatheh. May Day bandhu dhuvahakah hamajesseeves MDP ge…
— Mohamed Nasheed (@MohamedNasheed) May 1, 2026
މީގެ ކުރީ އަހަރުތަކަށް ބަލާއިރު، މަސައްކަތްތެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މާލޭގެ މަގުތަކަށް ނުކުމެ އެމްޑީޕީން އާންމުކޮށް ގިނަ ހަރަކާތްތަކެއް ބާއްވައެވެ. ނަމަވެސް އެ ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގަތުމާ ގުޅިގެން، ޕާޓީގެ ބޮޑެތި އާންމު ހަރަކާތްތައް ވަނީ ކުރިއާ އަޅާބަލާއިރު މަޑުޖެހިފައިކަން އާންމުން ވެސް އަންނަނީ ފާހަގަކުރަމުންނެވެ.

