
މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ދައުލަތަށް ނުލިބި ހުރި 1.39 ބިލިއަން ރުފިޔާ ހޯދައިިފިއެވެ.
މީރާގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ކުއާޓަރުގައި ބަޔާން ހުށަހަޅާފައި ނުވާ 9,798 ފަރާތަކާއި ޓެކްސް ނުދައްކާ 6,586 ފަރާތަކަށް ވަނީ ފައިނަލް ނޯޓިން ދީފައެވެ.
އަނބުރާ ހޯދާފައިވާ ފައިސާގެ އަދަދު.
ޑަނިން – 1.10 ބިލިއަން ރުފިޔާ
ޑިއުސް ކްލިއަރަންސް – 243.65 މިލިއަން ރުފިޔާ
ބޭންކް އެކައުންޓް ފްރީޒިން ޕޮލިސީ – 0.95 މިލިއަން
ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްގެން – 8.30 މިލިއަން
މީރާއިން ވަނީ މި މުއްދަތުގައި ފަހުން ދައްކާ ގޮތަށް އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން 294 ޓެކްސް ދައްކާ ފަރާތަކަށް 331.3 މިލިއަން ރުފިޔާ ހަމަޖައްސައިދީފައެވެ.

