
މިދިޔަ ޖުލައި މަހު ރާއްޖެއަށް 184,735މީހުން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.9އިންސައްތައިގެ ދަށްވުމެއް ކަމަށް ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ރާއްޖެއަށް 184,735މީހުން ޒިޔާރަތްކޮށްފައިވެއެވެ. އަދި 2025ގައި ރާއްޖެއަށް 188,304މީހުން ޒިޔާރަތްކުރިއެވެ. އަދި ޖުލައި 2024ގައި ރާއްޖެއަށް 168,829މީހުން ޒިޔާރަތްކުރިއެވެ.
މިދިޔަ މަހު އައި މީހުންގެ ތެރެއިން 183,119މީހުންނަކީ ފަތުރުވެރިންނެވެ. އަދި 1,616މީހުންނަކީ ވިޔަފާރީގެ ބޭނުމަށް އައި މީހުންނެވެ. އަހަރުގެ މިހާތަނަށް ފަތުރުވެރިކަން ކުރިއަރާފައިވާ މިންވަރުއޮގަސްޓު 1، 2026ގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޖުމްލަ 1,261,813މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމަކީ ޗައިނާއެވެ. އެ ގައުމުން 218,721ފަތުރުވެރިން އައިސްފައިވެއެވެ. އަދި ރަޝިއާއިން 181,092ފަތުރުވެރިން އައިސްފައިވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 98,154ފަތުރުވެރިން އައިސްފައިވެއެވެ.
މިދިޔަ މަހުގެ ނިޔަލަށް ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް މިހާރު ޖުމްލަ 68,294އެނދު އޮޕަރޭޝަންގައި އެބަހުއްޓެވެ. މީގެ ތެރެއިން 66އިންސައްތަ ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. އަދި 25އިންސައްތަ ގެސްޓްހައުސްތަކުން ހިއްސާކުރާއިރު، ސަފާރީތަކުން 5އިންސައްތަ އަދި ހޮޓާތަކުން 4އިންސައްތަ ހިއްސާކުރެއެވެ.
މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 73.1އިންސައްތަ (902,228)މީހުން ތިބެފައިވަނީ ރިސޯޓުތަކުގައެވެ. އަދި 22.5އިންސައްތަ (277,894)މީހުން ތިބެފައިވަނީ ގެސްޓްހައުސްތަކުގައެވެ.

