
ނިމުނު ހަފްތާގައި ހިމަބިހީގެ 23 ވޭދަނަ އެއް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ(އެޗްޕީއޭ) ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ހިމަބިހީގެ 23 ވޭދަނަ އެއް ފެނިފައިވާއިރު ހިމަބިހި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 144 އަށް އަރައެވެ. އަދި މިހާތަނަށް 7100 މީހުންނަށް ވެކްސިން ދެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ ކުރީ ހަފްތާގައި ހިމަބިހީގެ 55 ކޭސް ފެނިގެން ރިޕޯޓުކޮށްފައިވެއެވެ.
މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަކީ:
- ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދަން ހޮސްޕިޓަލަށް ދިއުން. ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރު ބޭނުން ނުކުރުން.
- ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން
-
ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
ހިމަބިއްސަކީ ރާއްޖެއިން 2017ވަނަ އަހަރު ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް އޭގެ ފަހުން، ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން ދޭތެރެ ދޭތެރެއިން މި ބަލި ފެނެއެވެ.

