
މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ހަވާ އަރުވާނެ ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.
ދިފާއީ ބާރުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިރޭ 22:15 ހާއިރު، މާލެ އުތުރު ފަރާތު 1 ނަންބަރު ފާލަމާ ދިމާ ބޭރުން މޫދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރު ކަމަށް ވެސް ދިފާއީ ބާރުން ބުނެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި، މިރޭ 22:15 ހާއިރު، މާލެ އުތުރު ފަރާތު 1 ނަންބަރު ފާލަމާ ދިމާ ބޭރުން މޫދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށް ޓަކައި ދަންނަވަން. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރު. pic.twitter.com/fBAUbg0KHT
— Maldives National Defence Force (@MNDF_Official) July 26, 2026
ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރުތައް މިރޭ 20:30ގައި މާލޭގެ ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެ ކަމަށް ދިފާއީ ބާރުން ވަނީ ބުނެފައެވެ.

