
މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލަކަށް، ހިރިޔާގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ކުރިން ހުންނެވި ރާފިއު ޖަމީލު ހަމަޖައްސައިފިއެވެ.
ތަފާތު އެކި ހުނަރުތައް ދަސްކޮށްދިނުމަށް ހިންގަމުންދާ ޕޮލިޓެކްނިކް ހިންގާ އިމާރާތުގައި ވޮކޭޝަނަލް ހައި ސްކޫލެއް ހުޅުވީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ. އަދި އެ ސްކޫލުގެ ދާއިމީ ޕްރިންސިޕަލުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ހަތަރަކާ ހަމައަށް އޮތީ ހުޅުވާލައިފައެވެ.
އެނގިފައިވާ ގޮތުން އެ މަގާމަށް މިހާރު ރާފިއު ޖަމީލު ހަޖައްސައި އެ ސްކޫލަށް ނުކުންނަވަން ފަށައިފައެވެ.
އޭނާއަކީ ޕްރިންސިޕަލްކަމުގެ ތަޖުރިބާކަމާއި ޑެޕިއުޓީ ޕްރިންސިޕަލްކަމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.
އެ މަގާމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 32،000ރުފިޔާއަށް ވުރެ އަދަދެއް ލިބޭނެއެވެ.
ޕޮލިޓެކްނިކް ހިންގާ އިމާރާތުގައި ހިންގާ ވޮކޭޝަނަލް ހައި ސްކޫލުގައި ގިނަ އަދަދެއްގެ ހުނަރު ތަރައްގީކޮށްދޭ ކޯސްތައް ހިންގައެވެ.

