
މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދޭ ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށް ފަހު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދޫކޮށްފިއެވެ.
ދެ ރަށުގެ ކަރަންޓު ވިއުގައިން ޓްރިޕްވި ހުރިހާ ފީޑަރުތަކެއްގެ މައްސަލަ މިހާރު ރަނގަޅުކުރެވިފައިވާ ކަމަށާއި، ޚިދުމަތް ކެނޑުނު ހުރިހާ ގެތަކަކަށް ވެސް މިހާރު ކަރަންޓު ލިބޭނެކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.
މާލެ އާއި ހުލުމާލެއިން ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި، ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ އާންމު ކަސްޓަމަރުންނަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރ 1545 އަށް…
— STELCO (@STELCOMALDIVES) September 16, 2026
މިކަމާ ގުޅިގެން އާންމު ރައްޔިތުންނަށް އުފުލަންޖެހުނު ތަކުލީފުތަކަށް ނިހާޔަތަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ބަޔާންކުރެއެވެ. މީގެ އިތުރުން، މައްސަލަ ހައްލުކުރި ފަހުން ވެސް ކަރަންޓު ނުލިބޭ ފަރާތެއް ވާނަމަ ލަސްނުކޮށް ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 1545އަށް ގުޅައިގެން އެކަން ހިއްސާކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

