
ދިވެހިރާއްޖޭގެ މާލީ ވަޒީރުކަމުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު، އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
“ދެން”އަށް މައުލޫމާތު ދޭ ގޮތުގައި، މީގެ ދުވަސްކޮޅެއް ކުރިން މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވުމަށް ފަހު، އެކަމުގެ ރަސްމީ ސިޓީ ސަރުކާރަށް ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގައެވެ. އަދި އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު، ޒަމީރު ވަނީ ގެއަށް ވަޑައިގަންނަވާފައެވެ.
މިނިސްޓަރު މަގާމުން ދުރުވެވަޑައިގެންނެވިކަން ފިނޭންސް މިނިސްޓްރީގެ ފަރާތުން ވެސް ވަނީ “ދެން”އަށް ޔަގީންކޮށްދީފައެވެ. ނަމަވެސް، ކުއްލި ގޮތަކަށް ކެބިނެޓުގެ މި މުހިންމު މަގާމު ދޫކޮށްލެއްވި ސީދާ ސަބަބެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

