
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ ތިންވަނަ ފިޔަވަހި ފަށަން އަބޫ ދާބީ ފަންޑާއެކު މަޝްވަރާކޮށްފިއެވެ.
ދެހާސް ނަވާރަނަ ވަނަ އަހަރު ހުޅުވި މާފަރު އިންޓަނޭޝަން އެއާޕޯޓަކީ އަބޫދަބީ ފަންޑުގެ އެހީގައި ބިނާކުރި އެއާޕޯޓެކެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ދަށުން އެ އެއާޕޯޓް އިތުރަށް ބޮޑުކުރެވެމުންދާ ކަމަށެވެ.
ައަދި މާފަރު އެއާޕޯޓު ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭ 2.8ކިލޯ މީޓަރަށް ބޮޑުކުރެވި މިހާރު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ދެން އޮތީ ތިން ވަނަ ފިޔަވަހީގެ ދަށުން އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުން ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން މިއަދު އަބޫ ދާބީ ފަންޑުގެ ބޭފުޅުންނާއެކު މިއަދު މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އަމާޒަކީ ފަތުރުވެރިކަމާއި ދަތުރުފަރުގެ ކަންކަން އިތުރަށް ވަރުގަދަކުރުން ކަމަށް އަމީން ވިދާޅުވިއެވެ.
ފަތުުރުވެރިކަމުގެ ސީޒަން ގައި މާފުއްޓަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ޖައްސާއިރު އޭގެން ބޮޑު އާމްދަނީއެއް ލިބެއެވެ.

