
ލ. މާމެންދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން އެ ރަށުގައި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު ވަޒީރު އަސްލަމް ރަހާއެވެ. އަދި މި މަޝްރޫޢުގެ ކޮންޓްރެކްޓަރު ކަމަށްވާ ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސްގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ކޯޕަރޭޓް އެފެއަރޒް މެނޭޖަރުގެ މަގާމުގައި ހުންނެވި އަމާނީ އާދަމެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފަށާތާ ގިނަވެގެން 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމައި ސަރުކާރާ ހަވާލުކުރަން ޖެހޭނެއެވެ.

