
މާރާމާރީ ހިންގި މައްސަލައެއްގައި 60އަހަރުން މަތީގެ މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މއ. ކޫލްއޮއިސިސް އަހްމަދު ރަޝީދު (62އ)އެވެ.
އެ މައްސަލައިގައި އޭނާ 15ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރި ނަމަވެސް އޭނާ އެކަމަށް ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނާއަށް ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.
ރަޝީދުއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހެކެވެ.
އެގޮތުން މިދިޔަ އަހަރު ރޯދަ މަހު ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ރަޝީދު ހައްޔަރުކުރިއެވެ.

