
ކ. ހިންމަފުށީގައި ހިނގި މާރާމާރީއަކާ ގުޅިގެން މިސްރު ދެ ފިރިހެނަކު ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާ ހިންގާ ކަމުގެ މައުލޫމާތު 2026 ޖުލައި 19ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ 2 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 2 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި މައްސަލައިގެ ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭކަންކަން ބަލާފައިވާ ކަމަށާއި ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށް ފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް މި ޚިދުމަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

