
މަސްތުވާތަކެއްޗާއެކު އދ. ފެންފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެ ރަށު ލާސްޓްބީޗް 40 އަހަރުގެ ހަމްޒަތު މުހައްމަދެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފެންފުށީ ފުލުހުން މި މަހު 17ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވާ ކަމަށާއި އެ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 13 ކަރުދާސްކޮޅާއި، މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހަމްޒަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުނެއެވެ.

