
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އުޅުނު 46އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މއ. އެނބޫމާގެ/މާލެ، ފާތިމަތު ޝިފާނާ ރަޝީދުއެވެ.
ޝިފާނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި އޭނާ ފަސް ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ޝިފާނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފައެވެ.
ޝިފާނާ ކުށަށް އިއުތިރާފްވެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ޝިފާނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑްވެސް އޮންނަ ފަރާތެކެވެ.

