
މަތީ އަރުތަވެރިންގެ އިނާމު 2025ގެ ތިންވަނަ ދަންފަޅި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މަތީ އަރުތަވެރިންގެ އިނާމު 2025ގެ ތިންވަނަ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ ރޭގައި ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ. މި ދަންފަޅިއަށް ވަޑައިގެންނެވުމުން ދަރިވަރުން ވަނީ އެ މަނިކުފާނަށް މަރުހަބާ ދަންނަވައި ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. އަދި އޭގެ އިތުރުން އެމަނިކުފާނަށް އޮނާ ގާޑެއް ވެސް އަރުވާފައިވެއެވެ.
މި ދަންފަޅީގައި މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ، ނައިބު ރައީސް، އެޑިޔުކޭޝަން މިނިސްޓަރު، ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ އިތުރުން ދައުލަތުގެ އިސްވެރިންނެވެ. މި ދަންފަޅީގައި 304 ދަރިވަރުން އިނާމު ހާސިލްކޮށްފައިވެއެވެ.
މަތީ އަރުތަވެރިންގެ އިނާމު 2025 ކުރިއަށް ގެންދަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.

