
މަހަށް ގޮސް އުޅުނު 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 15:20 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. ނިޔާވެފައި ވަނީ ލިލީމާގެ / ރ. ދުވާފަރު، މުޙައްމަދު ޝައްފާން (30އ) ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.

