
ވިސާއާ ނުލާ ދިވެހީންނަށް އަޒަރުބައިޖާން އަށް ދަތުރުކުރެވޭ ގޮތަށް ހަމަ ޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި ނުވަދިހަ ދުވަހުގެ މުއްދަތަށް އެ ގައުމަށް ޒިޔާރަތް ކުރެވޭގޮތަށް މިއަދުން ފެށިގެން ހަމަޖެހިގެންގޮސްފައިވާ ކަމަށެވެ.
މިއީ 24ސެޕްޓެމްބަރ 2025ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުން ހަމަޖެހުނު އުސޫލެއް ކަމަށާއި އެ އުސޫލަށް އަމަލުކުރަން ފެށީ މިއަދު ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް، އެ ގައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަންވެސް ފާހަގަކުރިއެވެ.

