
ވާދަވެރިކަން ބޮޑުވެ ޕީއެންސީގެ ނައިބު ރައީސްކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވާދަކުރައްވަން ނިންމަވައިފިއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާނެކަން ޕީއެންސީގެ އިސް މެމްބަރުން މިހާރު ވަނީ އިއުލާން ވެސް ކުރައްވައިފައެވެ.
“ދެން” އަށް ކަށަވަރުވެފައިވާ ގޮތުން އެ މަގާމަށް ޝިޔާމް ވެސް ވާދަކުރައްވަން މިހާރު ވަނީ ނިންމައިފައެވެ.
ޝިޔާމްއަކީ ނިމިގެން ދިޔަ 19ވަނަ މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް(މުންދު) އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހިމެނިވަޑައިގަންނަވައެވެ.

