
އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސައީދު، ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި ޑރ. ޝަހީމްގެ މި ދަތުރުފުޅަކީ ސައުދީގެ އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްގެ ޚާއްސަ ދަޢުވަތެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްގެ ދަޢުވަތަށް، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިhttps://t.co/fNroS4rD8k pic.twitter.com/9V3QCI04hn
— Ministry of Islamic Affairs & Endowments (@MVIaffairs) August 19, 2026
މީގެ އިތުރުން މި ދަތުރުފުޅުގައި ކިންގު ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން ކޮމްޕެޓިޝަންގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ދަތުރަކީ ކިތަށް ދުވަހައް ކުރައްވާ ދަތުރުފުޅެއް ކަމެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

