
އޮސްޓްރޭލިއާއިން ރާއްޖޭގެ ކޮމިއުނިޓީ ޕާކުތަކަށް ތަކެތި ހަދިޔާކުރަން ނިންމައިފިއެވެ.
މިއީ އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން ބުނީ މިއީ ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަންއިން ކުރިއަށް ގެންދާ ކަމެއް ކަމަށް ކަމަށެވެ.
އެގޮތުން އޮސްޓްރޭލިއާގެ ކޮމިއުނިޓީ ޕްލޭގްރައުންޑްތަކުގައި ބޭނުންކޮށްފައިވާ ތަކެތި ރާއްޖޭގެ އަތޮޅު ތެރޭގެ ޕާކުތަކަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
އެކަމަށް އެެދި ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މި މަހުގެ 16ވަނަ ދުވަހާ ހަމައަށް އަތޮޅުތަކުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް މިހާރު ހުޅުވާލައިފައިވާ ކަމަށް ވެސް ބުންޏެވެ.
އޮސްޓްރޭލިއާއަކީ ރާއްޖެއަށް އަބަދުވެސް އެކި އެހީތައް ފޯރުކޮށްދެމުންދާ ގައުމެކެވެ.
އެގޮތުން އެ ގައުމުން ދަނީ ސްކޮލަޝިޕްތަކާއި އަދި އެކިއެކި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިދިޔަ މަހު ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރުއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާތަކެއް ވެސް ކުރައްވައިފައެވެ.

