
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އެސްޓިއޯހެލްތް ކެއާ އިން ވީ ސްކޭންގެ މޮޑެލްތަކެއް ތައާރަފްކޮށްފިއެވެ.
އެސްޓީއޯ އިން މައުލޫމާތު ދިން ގޮތުގައި ތައާރަފްކޮށްފައިވަ ނީ އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައި ޖީއީ ހެލްތުކެއާ އިން އަލަށް ބާޒާރަށް ނެރުނު ޕޯޓަބަލް އަލްޓްރާސައުންޑްގެ ވީ ސްކޭންގެ މޮޑެލްއެއް ކަމަށެވެ. މި މޮޑެލް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތްކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިސް ބާބޫއެވެ.
އެސްޓީއޯ އިން މައުލޫމާތު ދިންގޮތުގައި މި ޑިވައިސް އިން ސްކޭންގެ ހިދުމަތް ދެވެމުންއައި ގޮތް ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ ބަލިމީހުންނާ ވީހާ ވެސް ކައިރިން ހިދުމަތްދިނުުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާނެއެވެ. އަދި ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ކުދި ރަށްރަށަށް ސްކޭންގެ ހިދުމަތް ފުުޅާކުރުމުގައި މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެސްޓީއޯ އިން ގަބޫލު ކުރާ ކަމަށާއި މި މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ލެޕްޓޮޕަށް ގުޅާލެވި ސްކޭންކުރާ ފޮޓޯތައް ޑީކޮމް ސްޓޭންޑަށް ޝެއާ ކުރެވޭނެ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން އެސްޓީއޯ އިން ބުނީ މި ތައާރަފްކުރެވުނު ވީ ސްކޭން އަކީ އެ ކުންފުނިން ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިިން މި ދާއިރާއަށް ހާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

